ގއ. ވިލިނގިލީގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގއ. ވިލިނގިލީ އުތުރުކޮޅުގައި ހުރި ހަރުގެއެއްގެ ކައިރީ މަރުވެފައިވާ އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު 7:00 ހާއިރު ވިލިނގިލީގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުުހުންނަށް އެ ރަށުގެ އުތުރުކޮޅުގައި ހުރި ހަރުގެއެއްގެ ކައިރީގައި 39 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާފެނިފައިވާ ކަމަށެވެ. އެއީ ދިވެއްސެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ