ދުނިޔޭގެ ތަރިކައިގެ ހަފުތާގައި ދިވެހިރާއްޖޭގެ ފަޚުރުވެރި ތަރިކަތައް!

އެކުވެރި ޢަރަބި އިމާރާތުގެ ޝާރުޖާގައި މިހާރު ކުރިއަށްދާ ’ދުނިޔޭގެ ތަރިކައިގެ ހަފުތާ – ދިވެހިރާއްޖެ‘ ހަރަކާތުގައި ރާއްޖޭގެ ފަޚުރުވެރި ތަރިކަތައް ދައްކަމުން އަންނައިރު، ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ދުނިޔޭގެ ތަރިކައިގެ ހަފުތާގައި ދިވެހިރާއްޖެއިން ބައިވެރިވާ ވަފުދުން ރާއްޖޭގެ މުއްސަނދި ތަރިކައިގައި ހިމެނޭ ތަކެއްޗާއި ކަންކަން 24 ޖެނުއަރީ 2021 ގައި ދައްކާލާފައި ވެއެވެ.
ދިވެހި ވަފުދުގައި 16 ބައިވެރިން ހިމެނެއެވެ. އޭގެ ތެރޭގައި ސަގާފީ ނެށުންތެރިން، ބޮޑުބެރު ގްރޫޕް، އަތްކަންކުރާ މީހުން، ލިޔެލާޖަހާ މީހުން، އާޓިސްޓުނާއި ކެއްކުންތެރިން ހިމެނެއެވެ.
’ދުނިޔޭގެ ތަރިކައިގެ ހަފުތާ – ދިވެހިރާއްޖެ‘ އިވެންޓް ކުރިއަށްދަނީ ޝާރްޖާ އިންސްޓިޓިއުޓް ފޯރ ހެރިޓޭޖް އާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ އާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެންނެވެ.
ޝާރްޖާގެ ކަލްޗުރަލް ހެރިޓޭޖް އިވެންޓް ސެންޓަރުގައި ކުރިއަށްދާ މި ހަރަކާތްތައް ފަސް ދުވަސް ވަންދެން ކުރިއަށްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ