އިޓަލީގެ 'ސަލާމީ' ނުވިއްކުމަށާއި ބޭނުންނުކުރަން އަންގައިފި

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން އިޓަލީ ވިލާތުގެ ކުކުޅާއި ޓާކީ ފިޔަވައި އެހެން އެއްގަމު މަހުގެ ބާވަތެއް ހިމެނޭ 'ސަލާމީ' ނުވިއްކުމަށާއި ބޭނުންނުކުރަން އަންގައިފި އެވެ. އެ އޮތޯރިޓީން އެގޮތަށް އެންގީ "ސެލްމޮނެއްލާ" ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އިޓަލީ ވިލާތުގެ 'ސަލާމީ' ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އެންގުމާ ގުޅިގެންނެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޓަލީ ވިލާތުގެ ކުކުޅާއި ޓާކީ ފިޔަވައި އެހެން އެއްގަމު މަހުގެ ބާވަތެއް ހިމެނޭ 'ސަލާމީ' މި އޮތޯރިޓީން ވަކިގޮތެއް އަންގަންދެން ނުވިއްކުމަށާއި ބޭނުންނުކުރުމަށް އަންގަމެވެ." އެ އޮތޯރިޓީން ބުންޏެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އޮތޯރިޓީގެ ނަންބަރު 3014361 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ