އިތުރު 51 މީހުން ޕޮޒިޓިވްވެ، ފަރުވާދެމުންދާ މީހުންގެ އަދަދު 917ށް

ރާއްޖެއިން އިތުރު 51 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އިތުރު 51 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 19 މީހަކު ހިމެނެއެވެ. އަދި ރަށްރަށުން ޕޮޒިޓިވްވި 3 މީހަކާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 28 މީހެއްގެ އިތުރުން، ސަފާރީ އަދި ޔޮޓުތަކުން ޕޮޒިޓިވްވި މީހެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ.
އެއާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 14،513ށް އަރާފައެވެ. އަދި ފާއިތުވި 24 ގަޑިއިރު ނަގާފައިވާ 3003 ސާމްޕަލްއާއެކު، މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޓެސްޓް ކުރުމަށް ނަގާފައިވާ ސާމްޕަލްތަކުގެ ޖުމުލަ އަދަދު ވަނީ 364،325ށް އަރާފައެވެ.
އޭގެ އިތުރުން، ފާއިތުވި 24 ގަޑިއިރު ތެރޭގައި އިތުރު 35 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،540ށް އަރާފައެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 917 އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން މަރުވެފައިވަނީ 49 މީހެކެވެ. އެގޮތުން ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ނިސްބަތް އުޅެނީ އެލަރޓް ލެވެލް 1ށް ވުރެވެސް ދަށުގައެވެ.
ރާއްޖެއިން މި ފަހަކަށް އައިސް ފެންނަމުންދާ ކޭސްތަކުގެ އަދަދު އިތުރުވަމުންދާއިރު، ރަށްރަށުންނާއި ރިސޯޓުތަކުންވެސް ގިނަ އަދަދެއްގެ ކޭސްތަކެއް ދަނީ ރިޕޯޓް ކުރެވެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ