މަޖިލީހުގެ އިންތިހާބަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން ކައުންސިލް ހޯދާނަން: ނަޝީދު

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވުރެ ބޮޑު އަޢުލަބިއްޔަތަކުން އަންނަ ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބާއި ގުޅުވައިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބު ވަރަށް ރަނގަޅު އަޢުލަބިއްޔަތަކުން އެމްޑީޕީން ކާމިޔާބުކުރާނެ ކަމާމެދު ހިތުގައި ކުޑަވެސް ޝައްކެއްނެތް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވުރެ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބު ބޮޑުވާނޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަންނަ ކައުންސިލް އިންތިހާބު ބޭއްވޭނެ ދުވަހެއްގެ އިންތިޒާރުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މެމްބަރުން އަދި އިންތިހާބުގައި ވާދަކުރާ މެމްބަރުން ތިއްބެވިއިރު އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ އަންނަ ޖެނުއަރީ 5 ގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން އެޗްޕީއޭ އިން ހުއްދަ ނުދީފިނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ