އެޗްޑީސީގެ ބޯޑު މެންބަރުގެ އަދަދު 11 އަށް އިތުރު ކޮށްފި

އެޗްޑީސީގެ ބޯޑަށް ފަސް މެންބަރުން އިތުރުކޮށް އެ ބޯޑުގެ މެންބަރުންގެ އަދަދު 11 އަށް އިތުރު ކޮށްފި އެވެ.
ބޯޑަށް އަލަށް އިތުރު ކޮށްފައިވަނީ ޖީއެމްއައިޒެޑްއެލްގެ ބޯޑުގައި ހިމެނިވަޑައިގެންނެވި މެންބަރެއްކަމަށްވާ މަރްޔަމް ޝަވާދިންއާއި، ގްރޭޓަ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެޗްޑީސީގެ މިހާރުގެ ސީއޯއޯ ޝާތިރު އަބްދުއް ރަހުމާނެވެ.
މީގެ އިތުރުން ދެން އެ ބޯޑަށް އިތުރުކޮށްފައިވާ ބޭފުޅުންގެ ތެރޭގައި އަބްދުﷲ މިއާދާއި، އަބްދުލް މުންނިމް މުހައްމަދު މަނިކާއި މުހައްމަދު ޖަލާލު ހިމެނެއެވެ.
އެޗްޑީސީގެ ބޯޑުގެ މެންބަރުންގެ އަދަދު އިތުރު ކުރިއިރު، ޖީއެމްއައިޒެޑްއެލްއާއި އެޗްޑީސީ ވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި އެއްކޮށްލާފައެވެ.
އެކުންފުނީގެ ޗެއާމަންއަކީ މުހައްމަދު ޖައިޝް އިބްރާހިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ