ޑެންގީ ފެތުރޭ މޫސުންކަމުން އެ ބަލި ފެތުރުނަ ނުދޭން ގައުމީ މަސައްކަތެއް ކުރުމަށް މުއިއްޒު ގޮވާލައްވައިފި

މިއީ ޑެންގޫ ފެތުރޭ މުސުންކަމުން އެ ބަލި ފެތުރުނަ ނުދޭން ގައުމީ މަސައްކަތެއް ކުރުމަށް ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހާއި ޖުލައި މަހަކީ އާންމުކޮށް ރާއްޖޭގައި ޑެންގޫ ހުން ފެތުރޭ މޫސުމެވެ. މި އަހަރުގެ އެދުވަސްވަރާ ދިމާވާއިރު މުޅި ދުނިޔެއަށް ވަނީ ކޮވިޑް-19 އިގެ ނުރައްކާ ކުރިމަތިވެ އެ ބަލި ރާއްޖެއަށްވެސް ކުރިމަތިވެފަ އެވެ.
މިކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ޖޫން ޖުލައިއަކީ ޑެންގޫ ހުމުގެ ދުވަސްވަރަކަށްވާ ކަމަށާއި ކޮވިޑް-19 އިން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅު ދެ ބަލި އެއްފަހަރާ ފެތުރުނަ ނުދިނުމަށް މަސައްކަތްތައް ދުރާލާ ކުރަން ޖެހޭނެ ކަމަށެވެ.އޭނާ ވިދާޅުވީ މަދިރި އުފެދޭ ތަންތަން މަދުކުރުމަށް ގައުމީ މަސައްކަތްތަކެއް ވެސް ދުރާލާ ކުރަން ޖެހޭނެ ކަމަށެވެ.
Raajjeygai komme ahareggeves June-July akee Dengue season kamun, Covid19 in salaamaivvumah masakkai kuramun dhaa mi dhandivalhugai, 2 bali effaharaa fethuruna nudhinumah, Dengue madhiri ufedhey thanthan madhukurumah gaumee masakkaithakeh dhuraalaa feshumakee varah muhimmu kameh.— Dr Mohamed Muizzu (@MMuizzu) March 31, 2020
މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ޑެންގީ ހުން ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލޭގެ އެކި ހިސާބުތަކުގެ ކާނުތައް ސާފްކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްދާ ކަމަށާއި މިދިޔަ ހަފުތާއިން ފެށިގެން ކޮންމެ ހަފުތާއަކު ވަކި ދުވަސްތަކުގައި މާލެ އާއި ވިލިމާލެ ތެރެއަށް ފޮގް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ