ހިންމަފުށީ އައްސޭރި ޖަލު ހުރި ސަރަހައްދުން ފެނުނު މިނިކަށިތަކަކީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ ފިރިހެނެއްގެ ކަށިތަކެއް: ޕޮލިސް

14:30ކ. ހިންމަފުށީ އައްސޭރި ޖަލު ހުރި ސަރަހައްދުން ފެނުނު މިނިކަށިތަކަކީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ ފިރިހެނެއްގެ ކަށިތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.ފުލުހުން ބުނީ އައްސޭރި ޖަލު ސަރަހައްދުގައި ގަސް އިންދުމަށް ކޮންނަނިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެނުނު މިނިކަށިތައް އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް ތައިލެންޑުގައި ކުރިއަށްދާ ކަމަށް. އަދި އެ ކަށިތަކުގެ ޑީއެންއޭ ހެދުމުން އެ މީހަކު މަރުވި ދުވަހާއި އެއީ ދިވެއްސެއްތޯ ނުވަތަ ނޫންތޯ ވެސް އެނގިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.އެ މިނިކަށިތަކުގެ މައްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ފުލުހުން ބަލަމުންދަނީ އެތަނުގައި ގާމާދޫ ޖަލު ހުރި ދުވަސްވަރު ގިނަ ބަޔަކަށް އަނިޔާކޮށްފައިވާ ކަމަށް ދެކެވޭތީ އެކަމުގެ ހަގީގަތް ބެލުމުގެ ގޮތުން ރައީސް އޮފީހުން އަންގައިގެންނެވެ.ހިންމަފުށީ އައްސޭރި ޖަލުން ފެނުނު މިނިކަށިތަކުގެ ތެރޭގައި ބޮލުގެ ނާށިގަނޑުގެ ބައިތަކަކާއި ހަށިގަނޑުގެ އެހެން ގުނަވަންތަކުގެ ކަށިތަކަކާއި ބައެއް ދަތް ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ