މިއުޒީޝަން ވާޖިދުގެ މަރާއިއެކު ބޮލީވުޑަށް އަނެއްކާވެސް ކަޅު ދުވަހެއް

ބޮލީވުޑްގެ މަސްހޫރު މިއުޒިކް ކޮމްޕޯރސަރ ވާޖިދު ހާން ކޯވިޑް ބަލީގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ. ބޮލީވުޑް ހަބަރުތައް ބުނާގޮތުން ސާޖިދު މަރުވީ މުމްބާއީ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.
ވާޖިދު ހާން ކޯވިޑްގެ ބަލީގައި އެޑްމިޓްކުރި އިރު އެހެން ބައެއް ސިއްހީ މައްސަލަތައްވެސް ހުރިކަމަށް އިންޑިއާގެ ނުށްތަކުން ބުނެއެވެ.
ވާޖިދު ހާން އިންޑިއާގެ މިއުޒީކީ ދުނިޔޭގައި މަޝްހޫރުވެފައިިވަނީ ސާޖިދު ވާޖިދު ހާންގެ ގޮތުގައިއެވެ. ސާޖިދަކީ އެނާގެ އެއްބަނޑު އެއްބައްފާ ބޭބެއެވެ. މި ދެބެންނަކީ އިންޑިއާގެ މަޝްހޫރު މުއިޒިކް ޑިރެކްޓަރ އުސްތާދު ޝަރަފަތް އަލީ ހާންގެ ދެ ކުދިންނެވެ. ސާޖިދާއި ވާޖިދު އެންމެ ފުރަތަމަ މިއުޒިކް ހަދާދީފައިވަނީ 1998 ވަނަ އަހަރު ނުކުތް ސަލްމާން ހާންގެ "ޕިޔާރު ކިޔާތޯ ޑަރްނާ ކިޔާ " މި ފިލްމުންނެވެ.
އެއަށް ފަހު ސާޖިދު ވާޖިދު ހާން ވަނީ ސަލްމާން ހާނާއި އެކު ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ