މާބޮޑަށް ބަލި ގޯސްވެ ކުއްލިއަކަށް މަރުވާ ހިސާބަށް ދަނީ ބިދޭސިންގެ ކިބައިގައި ޑޮކްޓަރަށް ދެއްކުމުގެ އާދަ ނެތުމުން

ހަމަ ހުރެފައި، ވަރަށް ކުއްލި އަލާމާތްތައް ފެނުމަށް ފަހު މަރުވުމަކީ މި ބަލިން ދިމާވާކަމެއް ނޫންކަމަށް ޑޮކްޓަރު އަފްޒަލް ވިދާޅުވެއްޖެއެވެ. ޑޮކްޓަރު އަފްޒަލް މިހެން ވިދާޅުވީ ރޭ މާލޭގެ މަގުމަތިން ހޭނެތިފައި އޮތްވާ ފެނުނު ބިދޭސީ މީހަކު އައިޖީއެމްއެޗްއަށް ގެނެވުނު އިރު މަރުވުމާ ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
  އައިޖީއެމްއެޗްއިން އެމީހާ ކޮވިޑް-19 އަށް ޓެސްޓުކުރިއިރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިކަމާއި ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ އެގޮތަށް ދިމާވަނީ ބިދޭސީންނަކީ ގިނަ ފަހަރަށް އެހާ ފަސޭހައިން ޑޮކްޓަރަށް ދައްކާ ބަޔަކަށް ނުވާތީ ކަމަށެވެ. ޑޮކްޓަރު ވިދާޅުވީ އެމީހުން ގިނަފަހަރަށް ޑޮކްޓަރަށް ދައްކަނީ ވަރަށް ބޮޑަށް ސީރިއަސްވުމުން ކަމަށެވެ. އަދި އުނދަގޫތައް ކުރިމަތިވުމުން އެމީހުން ގިނަފަހަރަށް ކެތްކޮށްލައިގެން ތިބުމުގެ ސަބަބުން ޑޮކްޓަރުންނާއި ހަމައަށް އޮންނަ އިރު ހުންނަނީ ވަރަށް ބޮޑު ވަރުވެފައިކަމަށެވެ.
ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ ދިގުމުއްދަތަކަށް ފަރުވާދޭ ބަލިއެއް ނުވަތަ އެހެން ސިއްޙީ މައްސަލައެއް ހުންނަނަމަ މި ބަލި ޖެހުމުން ހައި ރިސްކް ކެޓެގަރީއަށް ވަންނާނެ ކަމަށެވެ. އަދި ކޮވިޑް-19 ޖެހޭއިރު އެހެން ބަލިއެއް ހުންނަނަމަ ކޮވިޑް-19 ގެ ސަބަބުން އެ ބަލި އިތުރަށް ސީރިއަސްވެ ކޮމްޕްލިކޭޝަންސްއާއި ހިސާބަށް ދާނެކަމަށް އޭނާ ވިދާޅުވިއެވެ. ޑޮކްޓަރު ވިދާޅުވީ ސިއްހަތު ސަލާމަތުން ހުރި އެހެން ބައްޔެށް ނެތް މީހަކަށް މި ބަލި ޖެހުމުން އާދައިގެ ގޮތަކަށް މި ބަލީގެ އަލާމާތްތައް ފެނުމަށްފަހު އިތުރު ކޮމްޕްލިކޭޝަނަކާއި ނުލައި ރަގަޅުވެގެންދާކަމަށެވެ.
ޑޮކްޓަރު ވިދާޅުވީ މި ބަލީގެ ސީރިއަސް ފައްތަރަކަށްދާއިރު ސިއްޙަތު ސަލާމަތުން ހުރި މީހަކަށް ބަލި ނުރައްކާ ފައްތަރަތަކަށް އަރާފައިވާކަމުގެ އަލާމާތްތައް ފެންނާނެ ކަމަށެވެ. މިގޮތުން ނެވާލާން އުނދަގޫވެ މޭމައްޗަށް ތަދުވުންފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކުރައްވާ އަވަހަށް ކަމާބެހޭ ފަރާތްތަކަށް އެކަން އެންގުމަށް ޑޮކްޓަރު ލަފާ ދެއްވިއެވެ. ޑޮކްޓަރު ވިދާޅުވީ އެގޮތަށް ކަންތައް ކުރުމުން އެމީހަކަށް ބޭނުންވާ ހާއްސަ ފަރުވާ ވަގުތު އޮއްވާ ފޯރުކޮށްދެވޭނެކަމަށެވެ.
ރޭ މަރުވި ބިދޭސީ މީހާއަކީ ހިތުގެ މައްސަލައެއް ހުންނަ މީހެއްކަން ފާހަގަކުރަމުން މަބްރޫކް ވިދާޅުވީ އެމީހާ މަރުވީ ބައްޔާއި ހެދި މަސައްކަތް ކުރަން އުދަގޫވާތީވެ މާރޗް މަހުގެ ހިސާބުގައި  އަނބުރާ ޤައުމަށް ދިއުމަށް ނިންމައިގެން ހުއްޓާ ކަމަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ