މެރަޑޯނާގެ މަރު: ޑޮކްޓަރު ދިރިއުޅޭ ގެ ފާސް ކޮށްފި

މިދިޔަ ބުދަ ދުވަހު މަރުވި ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ މަރުގެ މައްސަލައިގެ ތަހްގީގް ފަށާފައިވާ އިރު އޭނާގެ ޕާސަނަލް ޑޮކްޓަރު ދިރިއުޅޭ ގެ ބާލައި ފާސް ކޮށްފި
ފުލުހުން ވަނީ މެރަޑޯނާގެ ޑޮކްޓަރު އަދި ނިއުރޯ ސާޖަން ލިއޮޕޯޑް ލޫކީ ގެ ބަލާފާސް ކޮށްފަ އެވެ. ފުލުހުން ވަނީ ލެޕްޓޮޕާއި މެޑިކަލް ރިޕޯޓްތަކެއް އަދި މޯބައިލް ފަދަ ތަކެތި އޭނާގެ ގެއިން ގެންސްފަ އެވެ.
އާޖެންޓީނާގެ މިޑިއާއިން ބުނީ ފުލުހުން ބަލަމުން ދަނީ މެރަޑޯނާއަށް ފަރުވާ ދިން އިރު އެއްވެސް ކަހަލަ އިހުމާލެއް އޮތްތޯ އެވެ. ބުދަ ދުވަހު މެރަޑޯނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭގެ ދެ ހަފުތާ ކުރިން އޭނާ ވަނީ ސިކުޑީގެ އޮޕަރޭޝަނެއް ކޮށްފަ އެވެ.
މެރަޑޯނާގެ ވަކީލު ތުހުމަތު ކުރަނީ ބޯނަސް އައިރީސްގައި ހުންނަ މެރަޑޯނާ ހުރި ގެއަށް ކުއްލި ސިއްހީ އެހީތެރިން ދިޔައީ މާ ލަހުން ކަމަށެވެ. މެރަޑޯނާގެ އަންހެން ދަރިންވެސް ބުނެފައި ވަނީ ހާޓް އެޓޭކާ ގުޅިގެން މެރަޑޯނާއަށް ފޯރުކޮށް ދީފައި ވަނީ އެންމެ އެކަށީގެންވާ ފަރުވާ ނޫން ކަމަށެވެ.
ލިއޮޕޯޑް ލޫކީ ވަނީ އޭނާއަށް ކުރެވޭ ތުހުމަތުތައް ދޮގް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ