ކްރިސްމަސް ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ވިދާޅުވެއްޖެ

ކުރިސްމަސް ދުވަހުގެ ތަހުނިޔާ ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެ ޓުވީޓެއް ކުރައްވައިފިއެވެ. ކުރިސްމަސް ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ކިޔުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން ކަމުގައި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެގޮތުން ޢިލްމުވެރިންގެ އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިސްމަސްދުވަހުގެ މުނާސަބާ ފާހަގަކޮށް އެ ދުވަހުގެ ތަހުނިޔާ ކިޔުމަކީ ޝިރުކަށް އެއްބަސްވުން ފަދަ ކަމެއް ކަމުގައެވެ. I wish a wonderful Christmas to all those celebrating the day.— Mohamed Nasheed (@MohamedNasheed) December 25, 2020މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކުރިސްމަސް ދުވަސް ފާހަގަކުރާ ހުރިހާ އެންމެންނަށް އުފައުވެރި ކުރިސްމަސް ދުވަހަަކަށް އެދިވަޑައިގަންނަވާ ކަމުގައެވެ. ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދަށް ތާއީދުކުރައްވާ ޢިލްމުވެރިއެއް ކަމުގައިވާ ޝައިޚު ޙުސައިން ރަޝީދު ވަނީ ކުރިސްމަސް ދުވަހުގެ ތަހުނިޔާ ކިޔުން ދިފާޢުކުރައްވާފައެވެ. ރައީސް ނަޝީދު އަދި އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ވަރަށް ގިނަ އިސްވެރިން ކުރިސްމަސްދުވަހުގެ މުނާސަބަތުގައި ހެޔޮ އެދުންތަކާއި ތަހާނީ ރައްދުކުރައްވާފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ