ގަމު ޕްރީ ސްކޫލު ފަޅާލާ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ލ. ގަމުގެ ތުނޑީ އަވަށުގައި ހުންނަ ޕްރީ ސުކޫލު ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިފިއެވެ.
ރަށު ކައުންސިލުން ވާހަކަ ދެއްކި ބޭފުޅަކު ސީއެންއެމް އަށް ވިދާޅުވީ ސުކޫލު ފަޅާލާ 10000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާކަމަށެވެ.
ފުލުހުން ބުނިގޮތުގައި ފައިސާތައް ނަގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އެ ޕްރީ ސްކޫލު ދޮރު ހަލާކޮށްލުމަށް ފަހުގައެވެ. އަދި އެމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 06:45 ހާއިރެވެ.
ސީއެންއެމް އަށް މައުލޫމާތު ލިބުންގޮތުގައި ސުކޫލު ފަޅާލާ ފައިސާތައް ވަގަށް ނެނގިކަން އެނގިފައިވަނީ މިއަދު ހެނދުނު ޕްރީ ސުކޫލުގެ މަސައްކަތު މީހާ އެސުކޫލު ސާފުކުރަން ދިޔަ ވަގުތުއެވެ،
ޖުމްލަ 80 ކުދިން އެ ސުކޫލުގައި ކިޔަވާއިރު އެސުކޫލުގައި އެއްވެސް ސެކިއުރިޓީ ގާޑެއް ނެތް ކަމަށާއި ކެމެރާއެއް ވެސް ނެތެވެ.
ސީއެންއެމް އަށް މައުލޫމާތު ލިބުންގޮތުގައި މިދުވަސް ވަރަކީ ތުނޑީ އަވަށުގައި ވަރަށް ގިނައިން ގޭގެއިން ވެސް ވައްކަން ކުރާ ދުވަސްކޮޅެކެވެ.
ފުލުހުން މިހާރު އެމައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ