އަދީބު ޖަލަށް ގެންދިޔައީ ގެނެވުނު ގޮތަކަށް ގެންނަން މަތިން އަމުރު އައުމުން – އާއިލާ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލަށް ގެންދިޔައީ އަދީބު ޖަލަށް ގެނެވުނު ގޮތަކަށް ޖަލަށް ގެންނަން މަތިން އަމުރު އައުމުން ކަމަށް އަދީބު ޖަލަށް ގެންދިއުމުގެ އޮޕަރޭޝަންގައި ބައިވެރިވި ކަރެކްޝަނަލް ސާވިސްގެ ކޮމާންޑަރު ބުނެފައިވާ ކަމަށް އަދީބުގެ އާއިލާ އިން ބުނެފިއެވެ.
އަދީބުގެ އާއިލާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަދީބު ޖަލަށް ގެންދަން ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ހޮސްޕިޓަލްގެ ކޮޓަރިއަށް ވަނުމުން އަދީބަށް ފަރުވާދޭ ޑޮކްޓަރު ގެނެސްދިނުމަށް އާއިލާ އިން އެދުނު ކަމަށެވެ.
"ކިތަންމެ ވަރަކަށް ތަދުވިޔަސް އަދީބު ގެނެވުުނު ގޮތަކަށް ޖަލަށް ގެންދިއުމަށް މަތިން އަމުރު ކޮށްފައިވާ ކަމަށް އީއެސްޖީގައި އެވަގުތު ހުރި ކޮމާންޑަރ ނަދީމް ވިދާޅުވިއެވެ." ބަޔާނުގައި ވެއެވެ.
އަދީބު ގަދަކަމުން ގެންދަން މަސައްކަތް ފެށުމުން ގައިގައި އަތްނުލުމަށާއި ބަނޑަށް ވަރަށް ބޮޑަށް ތަދުވާ ކަމަށާއި ދުރުގައި ތިބުމަށް އަދީބު ވަރަށް ބާރަށް ބުނި ކަމަށް އާއިލާ އިން ބުނެފައިވެއެވެ. މިކަމާއި ގުޅިގެން އީއެސްޖީގެ ނަދީމް ބަލި އެނދުގައި އޮތް މީހަކާއި މުއާމަލާތް ކުރަންވާ ވަރަށް ވުރެ ބޭއަދަބީކޮށް އަދީބާއި މުއާމަލާތް ކުރަމުން ގެންދިޔަ ކަމަށް ވެސް އާއިލާ އިން ބުނެއެވެ.
"ނަދީމަކީ ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ގެ ރަށަށް ނިސްބަތްވާ އޮފިސަރަކަށް ވުމުން ހާއްސަ ބާރުތަކެއް ދެއްވާފައިވާ އޮފިސަރެއް ކަމަށް ކަރެކްޝަންގެ ބައެއް އޮފިސަރުން އާއިލާއަށް މައުލޫމާތު ދީފައިވެއެވެ." އަދީބުގެ އާއިލާއިން ބުންޏެވެ.
އަދީބުގެ އާއިލާ އިން ބުނީ އާއިލާ އިންނާއި އަދީބު ވެސް ހަމައެކަނި އެދުނީ ޑޮކްޓަރުގެ ސަމަރީ ދިނުމަށާއި ޖަލަށް ދިއުމަށް އަދީބު ދެކޮޅު ނުހަދާ ކަމަށެވެ. ނަމަވެސް ޖަންގަލީގެ އުސީލުން ނަދީބު އަޑުހަރުކޮށް ތަކުރާރުކޮށް އަދީބަށް އިންޒާރު ދިން ކަމަށް ބަޔާނުގައި ވެއެވެ.
އަދީބު ޖަލަށް ގެންގޮސްފައި ވަނީ އަދީބު ހޮސްޕިޓަލުން ދޫކޮށް ނުލަނީސް ކަމަށް ބުނެ އާއިލާ އިން ވަނީ ކަންބޮޑުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ