ސްޓޭޓް މިނިސްޓަރުންގެ އަދަދު 42 އަކަށް އަރައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ނުވަ ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
މިއަދު ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ނުވަ ބޭފުޅަކު އައްޔަން ކުރެއްވުމުން ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ އަދަދު ވަނީ 42 އަކަށް އަރާފައެވެ. އެންމެ ގިނަ ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވާފައި ވަނީ ރައީސް އޮފީހަށެވެ. އެއީ ނުވަ ސްޓޭޓް މިނިސްޓަރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މިއަދު ޢައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ މަޤާމަށް، ގަލޮޅު ޗާންދަނީމާގެ، ޙަސަން ޝުޖާޢުއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް، މައްޗަންގޮޅި ފްލޯރިފަރ، އިސްމާޢިލް ޢަލީމަނިކާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ހެންވޭރު ކީރަންމާގެ، މުޙައްމަދު ޢަލީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމަށް، އައްޑުއަތޮޅު ހިތަދޫ، އާޒާދީގެ ޢަލީ ޞާލިޙާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް ކޮޅުމަޑުލު ތިމަރަފުށީ އޯކިޑްމާގެ، އަޙްމަދު ރިޔާޟްއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް، ދަފްތަރު ނަންބަރު 4742، މުޙައްމަދު އަޙްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގް އެންޑް އަރބަން ޑިވެލޮޕމަންޓްގެ މަޤާމަށް، ދަފްތަރު ނަންބަރު 3851، އަޙްމަދު ނަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މަޤާމަށް، މާފަންނު ފަޅުމަތީގެ، އަސްހަދު ޢަލީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް، ގަލޮޅު އޯޑެންސް ފަޒްނާ ޝާކިރެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މި 9 ބޭފުޅުން މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މިއަދު ވެސް ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވާފައި ވަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ