ދޯންޏެއްގެ ނަގިލި ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަނީ

ކ. ގުޅީފަޅުގައި އޮތް ދޯންޏެއްގެ ނަގިލި ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ހޯދަމުން ގެންދަނީ ބީދޭސީއެކެވެ
ގެއްލިފައި ވަނީ ގުޅީފަޅުގައި އަޅާފައި އޮތް "ސާހިބާ" މަސް ދޯނީގެ ނަގިލި ނަގަން ފޭބި މީހެކެވެ. އޭނާ ހޯދަން މެރިން ޕޮލިހުންނާއި ޑައިވިން ޓީމުތަކާއި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ މަސައްކަތް ފަށާފަ އެވެ.
މި ހާދިސާ ހިނގީ މިއަދު ހެނދުނު އެވެ. ހާދިސާ ހިނގި އިރު ދޯނީގައި ތިބީ އަށް ދިވެހީންގެ އިތުރުން ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ