އަންނަ މަހު މޯދީ ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަންނަ މަހުގެ ކުރީކޮޅު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
މިއީ މޯދީ ރާއްޖެއަށް ކުރައްވާ ދެ ވަނަ ދުތުރުފުޅެވެ. މިދިޔަ ނޮވެމްބަރު މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާ ކުރެއްވި ރަސްމިއްޔާތުގައި ވެސް މޯދީ ބައިވެރިވެވަޑައިގަތެވެ.
އަންނަ މަހުގެ ކުރީކޮޅު މޯދީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވީ ނަމަވެސް އެދަތުރުފުޅުގެ ތަފްސީލެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް މޯދީ ރާއްޖެ ވަޑައިގަތުމަށް ނިންމެވި ނަމަވެސް ރާއްޖެ ވަޑައިގަންފައެއް ނުވެ އެވެ.
އޭރު ވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެކަމަކު ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަސައްކަތް ފެއްޓެވިއެވެ.
މޯދީ ނިސްބަތްވާ ބީޖޭޕީ އިން އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރިއިރު ރައީސް ސޯލިހު ވަނީ މޯދީއަށް މަރުހަބާ ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ