ލަންކާ އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރިގަތް މީހަކު ހައްޔަރުކޮށްފި

މަޖީދީ މަގުން ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަތް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިރޭ 8:30 އެހާކަންހާއިރު މަޖީދީ މަގުން ރައްދެބައި މަގުގެ ކަންމާ ދިމާއިން ސްރީލަންކާގެ އަންހެނަކު ދަނިކޮށް އޭނާގެ ކަރުގައި އޮތް ރަންފަށް ފޭރިގަތް 24 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހުއްޓުވައި ހައްޔަރު ކުރީ އެ ސަރަހައްދުގައި ހުރި ފުލުހެއް ކަމަށެވެ.
އެ މީހާ ހައްޔަރު ކުރުމުގައި ފުލުސް މިހާއަށް އާންމުން އެހީވި އިރު އޭނާ ހައްޔަރު ކުރީ ޗާންދަނީ މަގު އެވިންސް ކައިރިންނެވެ.
ރަން ފަށް ފޭރިގަނެގެން އެ މީހާ ދުއްވައިގަތުމުން ފަށް ވެއްުޓުނީ މަގުމައްޗަށެވެ. އެ ފަށް ވަނީ ލަންކާ މީހާއާ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ