ފޭރުމުގެ ބޮޑު ތިން މައްސަލައިގެ ފައިސާ ނުހޯދޭ: ފުލުހުން

ފޭރުމުގެ ބޮޑު ތިން މައްސަލައަކާއި ގުޅޭ ފައިސާ އަދި ހޯދިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ހުންނަ އެންސިސް ކުންފުނިން ފޭރުނު 2.7 މިލިއަން ރުފިޔާ މައްސަލަ އާއި މިފްކޯގެ ދެމިލިއަން ރުފިޔާ ފޭރުނު މައްސަލައާއި ބީއެޗްއެމްގެ 2.3 މިލިއަން ރުފިޔާ ފޭރުނު މައްސަލާގައި މިހާތަނަށް ފެނިފައިވަނީ ހަތް ލައްކަ ރުފިޔާ ކަމުގައެވެ.
އެ ހަތް ލައްކަ ރުފިޔާއަކީ އެންސިންސްގެ ފައިސާ ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހަކު ދިރިއުޅުނު ތަނެއް ބަލާފާސްކުރުމުން ފެނުނު ފައިސާ ކަމަށާއި މި ފައިސާގެ އިތުރުން މި ތިން މައްސަލައާއި ގުޅުންހުރި އެއްވެސް ފައިސާއެއް ފެނިފައި ނުވާކަމަށް ފުލުނުން ބުނެއެވެ.
ތިން މައްސަލާގައި ތުހުމަތު ކުރެވޭ ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު މިމައްސަލަ ތަކުގައި ހައްޔަރުކުރި ބައެއް މީހުން ކޯޓުން ދޫކޮށްލާފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ފޭރުމުގެ މައްސަލަ ތަކުގައި ހައްޔަރުކުރި ބައެއް މީހުން ކޯޓުން މިހާރު ދޫކޮށްލާފައިވާތީ އެމައްސަލަތައް އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ