އާސެނަލް އަތުން މޮޅުވެ ޓޮޓެންހަމް 8 ވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާ ޓޮޓެންހަމް ބައްދަލު ކުރި މެޗް 2-1 ގެ ނަތީޖާ އަކުން ކާމިޔާބުކޮށް އާސެލަން ފަހަތަށް ޖައްސާލައި ތާވަލުގެ އަށް ވަނަޔަށް ޓޮޓެންހަމް ޖެހިލައިފި އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗްގެ ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ އާސެނަލް އިންނެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އެލެކްޒެންޑްރާ ލަކަޒެޓް އެވެ. މި ގޯލަކީ މެޗްގެ 16 ވަނަ މިނެޓުގައި އެޓީމުގެ ގްރެނިތު ޒަކާގެ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ގޯލެކެވެ.
ނަމަވެސް އޭގެ ތިން މިނެޓު ފަހުން ޓޮޓެންހަމްގެ ހުން މިން ސޮން ވަނީ ނަތީޖާ 1-1 ބަދަލުކޮށްދީފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖާގައި ދެޓީމު އެއްވަރެއްގައި އޮވެގެންނެވެ.
ރޭގެ މެޗްގެ ދެވަނަ ހާފުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. އެހެން ނަމަވެސް ޓޮޓެންހަމް ލީޑް ނެގީ މެޗް ނިމެން ވަރަށް ގާތްވެފައި ވަނިކޮށެވެ. މެޗްގެ 81 ވަނަ މިނެޓުގައި ޓޮޓެންހަމް މޮޅުކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ ޓޮބީ އުޑްވިރަލްޑް އެވެ. އޭނާ މިލަނޑު ކާމިޔާބު ކުރީ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިން ހުން މިން ސޮންގެ އެސިސްޓަކުންނެވެ.
ލީގު ތާވަލަށް ބަލާއިރު ބޮޑު ލީޑަކާ އެކު މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތް އިރު ތިން ވަނައިގައި މިވަގުތު އޮތީ ޗެލްސީއެވެ.
މާދަމާ ރޭ މެންޗެސްޓާއާއި ސައުތުހެމްޓަން ބައްދަލު ކުރާމެޗް ކާމިޔާބު ކޮށްފި ނަމަ ތިން ވަނަ މަގާމު ޔުނައިޓެޑަށް ލިބޭނެއެވެ. ހަތަރުވަނައިގައި އޮތް ލެސްޓާ ސިޓީ ރޭ ބޯން މައުތު އާ ބައްދަލުކުރި މެޗުން އެޓީމު ބަލި ވުމުން ތިންވަނައަށް އެރުމުގެ ފުރުސަރު ޔުނައިޓެޑަށް ވަނީ ފަހިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ