ޕޮލިސް ސާޖަންޓް ހަލީމްގެ ގާތިލް، ސަމާހުގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަނީ

ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރައިލި މައްސަލައިގައި އޭނާގެ ގާތިލް މުހައްމަދު ސަމާހަށް އިއްވި މަރުގެ ހުކުމްގެ އިސްތިއުނާފީ އަޑުއެހުމެއް ހައިކޯޓުގައި މިއަދު ތާވަލް ކޮށްފިއެވެ.
މި މައްސަލަ ހައިކޯޓުގައި ތާވަލް ކޮށްފައިވަނީ، ހެނދުނު 10:45 އަށެވެ.
ކ. ކާށިދޫގައި ޑިއުޓީ އަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ ޕޮލިސް ސާޖަންޓް ކ. ކާށިދޫ، ކެތި، އާދަމް ހަލީމް މަރާލާފައި ވަނީ 22 ޖުލައި 2012 ގައެވެ. އެ މައްސަލައިގައި، ހަލީމު މަރައިލިކަމަށް ކުށް ސާބިތުވެ ކ. ކާށިދޫ ސުވާސާގެ މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ.
މި މައްސަލަ ދައުލަތުން ހައިކޯޓުގައި އސިްތިއުނާފު ކުރީ، މިއީ މަރުގެ މައްސަލައެއް ކަމުން ނިހާއީ ހުކުމެއް ކަނޑައެޅުމަށްޓަކައެވެ. އެންމެފަހުން މި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ބޭއްވީ މީގެ އެއް އަހަރު ކުރިން، 20 އޯގަސްޓް 2019 ގައެވެ. އެދުވަހުގެ ޝަރީއަތުގެ މަޖިލީހަށް އެރި އޮޅުންތަކެއްގެ ސަބަބުންނާއި، ސަމާހަށް ދައުލަތުން ހަމަޖެއްސި ވަކީލު ޝަރީއަތަށް ހާޒިރު ނުވުމުން، ވަކީލަކު ހަމަޖެއްސުމަށް ސަމާހަށް އިތުރު ފުރުސަތު ދީ އަޑުއެހުން ނިންމައިލެއްވީއެވެ.
ސަމާހަށް ދައުލަތުން ވަކީލަކު ހަމަޖެއްސީ މާލީ ހާލަތު ހުރިގޮތުން އަމިއްލައަށް ވަކީލަކު ހަމަޖެއްސެން ނެތް ކަމަށާއި، ނަމަވެސް ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާއެކުގައި ކަމަށް ސަމާހު ބުނުމުންނެވެ.
ކްރިމިނަލް ކޯޓުން ސަމާހު މެރުމަށް ހުކުމްކުރީ ހަތަރު ވާރިސުންގެ ތެރެއިން ހަލީމްގެ ބައްޕަ އާއި މަންމަ އާއި ހުވަފަތް ވެފައިވާ އަނބިމީހާ ވެސް ގިސާސް ހިފަން ބޭނުންވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ