މެންބަރު ހަމްދޫނުގެ ބޮޑީގާޑު ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ސިފައިންގެ މީހަކު މިރޭ ޒަހަމްކޮށްލައިފި އެވެ. ހަމަލާދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަމްދޫން ހަމީދުގެ ބޮޑީގާޑް، ޕްރައިވެޓް އިބްރާހީމް އަރީފަށެވެ. މި ހަމަލާގައި، ޕްރައިވެޓް އަރީފްގެ ބޮލުގެ ދެ ތަނަކާއި، ބުރަކަށީގެ ދެ ތަނަކާއި އަދި އަތްވަނީ ވަރަށް ބޮޑަށް ޒަޚަމް ކޮށްލާފަ އެވެ.
ފުލުހުން ބުނީ މިރޭގެ 10:26 ހާއިރު ރޫނު އެއްޗަކުން ދިން އެ ހަމަލާގައި ޒަހަމްވި އަރީފު، 22، ފުލުހުންގެ އެހީތެރި ކަމާއެކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށާއި ތޫނު އެއްޗަކުން އަރީފަށް ހަމަލާދީފައިވަނީ ލޮނުޒިޔާރަތްމަގުގައި ހުންނަ އިމްޕީރިއަލް ކްލިނިކް ކައިރިން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ސެޕްޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި މަސައްކަތްކުރާ އަރީފަށް ހަމަލާދީފައިވަނީ އަށް މީހުންގެ ގްރޫޕަކުން ކަމަށާއި ނުރައްކާތެރި އެ ހަމަލައަށް ފަހު އަރީފްގެ ޙާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު މުޙައްމަދާއި، ކޮމަޑާންޓް ކޯސްޓްގާޑް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޝާހިދު މިރޭ ވަނީ އައިޖީއެމްއެޗަށް ވަޑައިގެން އަރީފުގެ ހާލު ބައްލަވާލައްވާފަ އެވެ.
ފުލުހުން ގެންދަނީ އަރީފަށް ދިން މި ހަމަލާ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ