ފައިނުން މޫސުމީ ދަނޑުބިން ލިބޭ ފަރާތްތަކުގެ ލިސްޓް އާންމު ކޮށްފި

ފައިނު ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މިއަހަރު މޫސުމީ ދަނޑު ހެއްދުމަށް ދަނޑުބިމަށް އެދި ހުށަހެޅުމަށް ހުޅުވާލެވުނު ފުރުޞަތުގައި އެކަމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމުގެ އުޞޫލުގެ ދަށުން ދަނޑު ލިބުނު ފަރާތްތަކުގެ ލިސްޓް އިޢުލާނާއިއެކު އާންމު ކޮށްފައިވާނޭ ކަމަށެވެ. ނަމަވެސް ކައުންސިލްގެ 4ވަނަ ދައުރުގެ 1 ވަނަ ކުއްލި ބައްދަލުވުމުން ބާކީ ޝަރުތު ހަމަނުވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިންކުރެ އެއްވެސް ފަރާތެއް ރަށުގައި ދިރިނޫޅޭނަމަ އެފަރާތްތައް އުނިކޮށް ބާކީ ހުރި ފަރާތްތަކަށް ރަށުގެ އެކިސަރަހައްދުން މޫސުމީ ދަނޑުބިން ދިނުމަށްވަނީ ނިންމާފައިވާ ކަމަށާއި. އަދި ޝަރުތުހަމަވާ ފަރާތްތަކަށް އާއްމުކޮށް މޫސުމީ ދަނޑުބިން ދޫކުރާ ސަރަހައްދުން ދަނޑުބިން ދެވޭނެ ކަމަށް ބުނެފައިވެއެވެ. ކައުންސިލްގެ އިޢުލާނުގައި ބުނެފައިވަނީ ދަނޑުބިން ލިބުނު މީހުންގެ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށް 16 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުގެ 13.00 ގެ ކުރިން އެޝަކުވާއެއް ހުށަހެޅުން އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ