ޔާމީން ގެއަށް ބަދަލުކޮށްފި

33: 12 - ސިފައިންގެ ބެލުމުގެ ދަށުން އާރަށުގައި ބަންދުކޮށްފައި ހުރި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން މީގެ ކުޑައިރުކޮޅެއް ކުރިން ގެއަށް ބަދަލުކޮށްފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މީގެ ކުޑައިރުކޮޅެއް ކުރިން ވިދާޅުވީ ޔާމީން އާރަށުން ގެއަށް ބަދަލުކުރެއްވި ކަމުގައި ވިޔަސް އޭނާ އަށް ސިފައިން ހިމާޔަތް ދެމުން ގެންދާނެ ކަމަށެވެ. އެހެން ނަމަވެސް ޔާމީން ގެއަށް ބަދަލުކުރީ ގޭ ބަންދަށް ކަމެއް ނުވަތަ ނޫން ކަމެއް ޒުހައިރު ވިދާޅެއްނުވެ އެވެ.
ސިފައިން ޔާމީން ހައްޔަރުކުރީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގަ އެވެ. އޭގެ ފަހުން ސަރުކާރުން ބުނަމުން އަންނަނީ ޔާމީން ހުންނެވީ ހައްޔަރުކޮށްފައި ނޫން ކަމަށާއި އޭނާ ހުންނެވީ އޭނާގެ ހިމާޔަތަށްޓަކައި ސިފައިންގެ ބެލުމުގެ ދަށުން އެކަހެރިކޮށްފައި ކަމަށެވެ.
ޔާމީން ގެއަށް މި ބަދަލުކުރީ އޭނާގެ މައްޗަށް ދައުވާ ކުރުން ނުވަތަ އޭނާ މިނިވަން ކުރުން މުހިއްމު ކަމަށް އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ރޮބަޓް ބްލޭކް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
ޔާމީން ގެއަށް ބަދަލު ކުރުމާ ބެހޭ ގޮތުން އޭނާގެ ކޮމެންޓެއް ލިބޭ ގޮތެއް އަދި ނުވެ އެވެ.
23؛ 12
ސިފައިންގެ ބެލުމުގެ ދަށުން އާރަށުގައި ބަންދުކޮށްފައި ހުރި އަބްދުﷲ ޔާމީން މީގެ ކުޑައިރުކޮޅެއް ކުރިން ގެއަށް ބަދަލުކޮށްފި އެވެ.
(އިތުރު ތަފްސީލު އަންނަނީ...)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ