އިޖްތިމާއީ ސަލާމަތާ ބެހޭ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަވައިފި

އިޖްތިމާއީ ސަލާމަތާ ބެހޭ މަޖިލީހެއް އުފައްދަވައި އެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އިއްޔެ ބާއްވަވައިފި އެވެ.
މި މަޖިލީހަކީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާ އިން ރައީސުލްޖުމްހޫރިއްޔާ އަށް އެރުއްވި ލަފާފުޅާ ގުޅިގެން އުފެއްދެވި މަޖިލީހެކެވެ. އިޖްތިމާއީ ސަލާމަތާ ބެހޭ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމެވެ.
އިއްޔެ މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި އެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މިއީ މުޖުތަމައުގައި ހިނގާ އިޖްތިމާއީ ރޫހާ ޚިލާފު ކަންކަމާއި ކުށްވެރި އަމަލުތައް ގިނަވަމުންދާ މައްސަލައަށް ހައްލެއް ހޯއްދެވުމަށްޓަކައި އުފެއްދެވި މަޖިލީހެއް ކަމަށް ވިދާޅުވި އެވެ. އިއްޔެގެ ޖަލްސާގައި މި މަޖިލީހުގެ މަސައްކަތްތައް ގެންދަވާނެ ގޮތާ ބެހޭގޮތުން މަޖިލީހުގެ މެންބަރުންގެ ޚިޔާލުފުޅު ރައީސް ހޯއްދެވި ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ