ބަންގްލަދޭޝްގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފި

ބަންގްލަދޭޝްގައި ލޮކްޑައުންގެ މުއްދަތު އިތުރުކޮށް އެގައުމުގެ ސަރުކާރުން މިއަދު އަލުން އިއުލާނުކޮށްފިއެވެ.
ޕަބްލިކް އެޑްމިނިސްޓްރޭޝަން ސެކްރެޓަރީ، ޝައިޚް ޔޫސުފް ހާރޫން ވިދާޅުވީ މިހާރު ހިންގާފައިވާ ލޮކްޑައުން ނިމޭނީ އޭޕްރިލް 14 ވަނަ ދުވަހުގައި ކަމަށެވެ. މީގެކުރިން ލޮކްޑައުން ނިމޭނެކަމަށް އަންގާފައި އޮތީ އޭޕްރިލް މަހުގެ 11 ވަނަ ދުވަހެވެ.
ބަނގްލަދޭޝްއިން 18 މީހަކު މިއަދުވަނީ ކޯވިޑް-19 އަށް އަލަށް ޕޮޒިޓިވްވެފައެވެ. އަދި އެގައުމުގައި ޖުމްލަ ބަލިޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 88 އަށް އަރާފައެވެ. މިއަދު އިތުރު މީހެއްގެ މަރާއެކު، މި ބަލީގައި އެގައުމުން މަރުވެފައިވާ މީހުންގެ އަދަދު 9 އަށް އަރާފައިވާއިރު އެގައުމުން ވައިރަހަށް ޓެސްޓުކުރެވިފައިވަނީ 2,086 މީހެކެވެ.
ކޯވިޑް-19 ވައިރަސްއަށް ޕޮޒިޓިވް ކޭސްއެއް ބަންގްލަދޭޝްއިން އަލަށް ފެނިފައިވަނީ މިދިޔަ މަހުގެ 14 ވަނަދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ