ހީނާ އަސަރާއެކު: ސިއްހީ ހާލަތަށް ހަޖޫޖެހީ އިންސާނިއްޔަތުކަމެއް ނެތުމުން

ސިއްހީ ހާލަތަށް އިދިކޮޅު ފަރާތްތަކުން ހަޖޫ ޖެހީ، އިންސާނިއްޔަތު ކަމެއް ނެތީމައި ކަމަށް ސަރުކާރުގެ ތަރުޖަމާނު އަދި، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ހީނާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޒައާމަތަކީ ދިވެހީން އެދިއެދި ތިބި ހިތްތިރި، ޚިދުމަތްތެރި ޒައާމަތެއްކަން ޖަލްސާއަށް އެއްވެ ތިބި މީހުންގެ މޫނުމަތިން ފެންނަމުންދާ ކަމަށެވެ. އެހެންނަމަވެސް އޭނާއަކީ އަންހެނަކަށްވީތީ، މިހާތަނަށް ވެސް އިދިކޮޅު ފަރާތްތަކުން ކުރިމަތިވަމުންދަނީ މަލާމާތާއި ފުރައްސާރަކަމަށް ވިދާޅުވެ ހީނާ ވަނީ އަސަރުން ފުރިފައިވާ ވާހަކަތަކެއް ހިއްސާކުރައްވައިފައެވެ. ހީނާ ވަނީ، އަންހެނަކަށް ވީތީ އިދިކޮޅުން އޭނާގެ ބޮލުގައި ނާޅުވާ އިލްޒާމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން، އޭނާއާއި އާއިލާއަށް ނުކުރާ ފުރައްސާރައެއް ނެތް ކަމަށް ވިދާޅުވިއެވެ. ކެންސަރު ބަލި ތަހަންމަލު ކުރައްވާ ހީނާ އަސަރާއެކު ވިދާޅުވީ، ކުރިމަތިވި ބައްޔަކާ ގުޅުވައި ފުރައްސާރަ ކުރާނީ އިންސާނިއްޔަތުކަން ކުޑަވެ، ދަށު ދަރަޖައަށް ވެއްޓުނީމާ ކަމަށެވެ. ޒާތީ ގޮތުން އަޅުގަނޑުގެ ސިއްހީ ހާލަތަށާއި އަޅުގަނޑުގެ ސިފައަށް ވެސް ހަޖޫ ކިޔައި، އަޅުގަނޑު ކަހަލަ އަންހެނަކަށް ގޯނާ ކުރާނީ އިންސާނިއްޔަތު ކަމުގެ ޒައްރެއްގެ ވެސް ނެތީމައި،ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެ ޖަލްސާގައި ނުސީދާ ގޮތެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއަށް ވަނީ ހީނާ ރައްދުދެއްވާފައެވެ. އެގޮތުން، ޕީއެންއެފް ޖަލްސާގައި އޭނާއަށް ފާޑުކިޔަނީ ފަސް އަހަރު ދުވަހު ކޮށްދިން މަސައްކަތުގެ އަގު ވަޒަން ކުރަން ކަމަށްތޯ އޭނާ ވިދާޅުވިއެވެ. https://sun.mv/188295 ހީނާގެ އިދިކޮޅަށް ރައްދުދެއްވިއިރު، ކެންސަރު ބަލީގައި އޭނާ ވަރަށް ބަލިވެ އުޅުއްވިއެވެ. އެކަމަކު، ހިތްވަރާ އެކީ، މަސައްކަތުގައި ހީނާ އުޅުއްވިކަން ފާހަގަކުރެވެއެވެ. ހީނާ ވަނީ ރައީސް މުއިއްޒު، ވެރިކަމުގައި މިވީ ދެ އަހަރުތެރޭ ކޮށްދެއްވި ބައެއް ކަންކަން ފާހަގަކުރައްވައި، ސަރުކާރުގެ ކާމިޔާބީއާ ދޭތެރޭ އުފާފާޅުކުރައްވައިފައެވެ. އެގޮތުން، ތެލެސީމިއާ ސެންޓަރުގެ ހާލަތު ބައްލަވަން ރައީސް ވަޑައިގަތީ އަމިއްލަ ފުޅަށް ކަމަށާއި އާއިލާއެއް ބިނާކުރުމަށް ބޭނުންވާ ދަރީންގެ އުފާވެރިކަމަށް އުންމީދުކުރި އެތައް އާއިލާއެއްގެ އިންތިޒާރަށް ނިމުން ގެނެސްދީ، އައިޔޫއައި އާއި އައިވީއެފް ޚިދުމަތް ފައްޓަވައިދެއްވިކަން ހީނާ ފާހަގަކުރެއްވިއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި އެންމެ ޒަމާނީ ފާޓިލިޓީ ސެންޓަރެއް ގާއިމުކޮށް، އެ ފަރުވާ ހިލޭ ލިބޭނެ މަގުފަހިކޮށްދިން އިރު، ފާޓިލިޓީ ކެއާ ފެސިލިޓީ ފަންޑު މެދުވެރިކޮށް މިހާތަނަށް ފަރުވާ ހޯދި 23 ފަރާތަކަށް ދަރީންގެ އުފާ ކާމިޔާބުވެފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ