ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީ އިން މިރޭ ބާއްވާ ޖަލްސާ އާއި ދިމާކޮށް، ހަމަ އެ ވަގުތު އިދިކޮޅު ޕީއެންއެފް އިން ބާއްވަން ނިންމި ޖަލްސާ ފަސްކޮށްފި އެވެ.
ޕީއެންއެފް އިން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި އެ ޕާޓީގެ ޖަލްސާ އާދީއްތަ ދުވަހުގެ ރެެއަށް ފަސްކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ.
އެ ޖަލްސާގައި ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ބައިވެރިވެވަޑައިގަތުމަށް އޮތީ ހަމަޖެހިފަ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފުތާ ތެރޭ ޔާމީނު، އޭރުގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ވަކިވެވަޑައިގެންނެވީ ދެ ރައީސުންގެ ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިންނެވެ. އެ ފަހުން ކޯލިޝަނުގެ ކޮންޓްރޯލް ނަގާ މުއިއްޒު ވަނީ ޕީޕީއެމް އުވާލައިފަ އެވެ.
ޔާމީނުގެ އާ ޕާޓީ، ޕީއެންއެފް މިއަދާ ހަމައަށް މަސައްކަތް ކުރަމުން ދިޔައީ އިދިކޮޅު ޕާޓީއެއްގެ ގޮތުގަ އެވެ. މުއިއްޒު އަދި އެމަނިކުފާނުގެ ސަރުކާރަށް ތަކުރާރުކޮށް ފާޑުކިޔާ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ޕީއެންއެފްގެ ޖަލްސާތައް ވެފައިވަނީ ސަރުކާރުން އެންމެ ގިނައިން ރައްދު ދެމުންދާ އެއް ސިޔާސީ ހަރަކާތަށެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެންއެފްގެ ޖަލްސާ ފަސްކޮށްފި ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެންއެފްގެ ޖަލްސާ ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ