ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރަމުންދާ ފެން ބުއިމަށް ރައްކާތެރި: އެމްއެފްޑީއޭ

ފުވައްމުލަކުގެ ސަޕްލައި ފެން ތަޣައްޔަރުވި މައްސަލަ ހައްލުކުރުމަށް ފަހު، ހެދި ޓެސްޓުތަކުގެ ނަތީޖާ އިން އެ ފެނަކީ ރައްކާތެރި ފެންކަން ދެނެގަނެވިފައިވާ ކަމަށް މޯލްޑިވްސް ފުޑް އެެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.އެމްއެފްޑީއޭއިން މިހެން ވިދާޅުވީ ފުވައްމުލައް ސިޓީ ކައުންސިލުން ފެނަކައިން ދޫކުރާ ބޯ ފެނުގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާފައި ވަނިކޮށެވެ.އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގައި ތަހުލީލުކޮށްފައިވާ ކަމަށެވެ.އެ ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުގައި އެއީ ސިއްހަތާ ބެހޭ ޖަމިއްޔާގެ، ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.ފުވައްމުލައް ސިޓީ ކައުންސިލުން އިއްޔެ ބުނެފައިވާ ގޮތުގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން، މޭޔަރާއި ކައުންސިލްގެ މެމްބަރުން ފެން ޕްލާންޓަށް ޒިޔާރަތްކޮށް، ފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން ފެނަކައިގެ އިސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރި އެވެ.ނަމަވެސް، ދޫކުރަނީ ރައްކާތެރި ފެންކަން ޔަގީންވާނެ ފަދަ ޓެސްޓެއްގެ ނަތީޖާ އޭރު ނުލިބޭތީ، އެ ނަތީޖާ ލިބި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާއްމު ބޭނުމަށް ފެން ދޫނުކުރަން އެދިފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނާ ގުޅިގެން ފުވައްމުލަކު ކައުންސިލުން ބުނީ ފެނަކަ އިން މިހާރު ދޫކޮށްފައިވާ ފެނަކީ ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭ) އިން ބުނެފައިވާ ކަމަށެވެ."ފުވައްމުލައް ސިޓީގެ ރައްޔިތުން ބުއިމަށާއި އާއްމު ބޭނުންތަކަށް ދޫކުރާ ފެނަކީ ރައްކާތެރި ފެނެއްކަން ދާއިމީ ގޮތެއްގައި ޔަގީން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކައުންސިލުން ދަނީ ކުރަމުން." ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ