ސީބީއެލް އާއި އެމްއެސް އެކަޑަމީއަށް މޮޅެއް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓީ ޓުވެންޓީ ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތައް ސީބީއެލް އާއި އެމްއެސް އެކަޑަމީ ކާމިޔާބުކޮށްފިއެވެ. ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައި ކުޅުނު ފުރަތަމަ މެޗް ސީބީއެލް ކާމިޔާބުކުރީ ނިއުސްޓާއާ ބައްދަލުކޮށް ނުވަ ވިކެޓުންނެވެ. ދެވަނަ މެޗް މާލޭ ސްޕޯޓްސްއާ ބައްދަލުކޮށް އެމްއެސް އެކަޑަމީ ކާމިޔާބުކުރީ ފަސް ލަނޑުންއެވެ. ފުރަތަމަ މެޗް ގުރުދިމާވުމުން ސީބީއެލް ގަސްދުކުރީ ހޮވުމަށެވެ. ނިއު ސްޓާއަށް 16ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 62 ލަނޑެވެ. ނަމަވެސް ވިއްސާރަވުމުން އަމްޕަޔަރުން ޑީއެލް ބޭނުންކުރުމަށްފަހު ނިންމީ ރިވައިސް ހަދަންޖެހޭ ލަނޑަކީ 16 އޯވަރުގެތެރޭގައި 53 ލަނޑުކަމަށެވެ. ސީބީއެލް އެންމެ ކުޅުންތެރިއެއް ނުބައިވެގެން ފަސްވަނަ އޯވަރުގައި 56 ލަނޑު ހެދިއެވެ. މެޗްގައި ނިމޭސް 38 ލަނޑު، ކައުސަލް 35 ލަނޑު، އަދި ޕަންދުކާއާއި ހަރުޝާ ވަނީ ކޮންމެ އުކުންތެރިއެއް ތިން ވިކެޓް ނަގާފައެވެ، މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީބީއެލްގެ ޕަންޑުކާއެވެ. ދެވަނަ މެޗުގެ ގުރުދިމާވުމުން މާލޭ ސްޕޯޓްސް ކްލަބް ގަސްދުކުރީ ހޮވުމަށެވެ. ކުޅެންއަރާ 20 އޯވަރުތެރޭ ހަ ކުޅުންތެރިން ނުބައިވެގެން 144 ލަނޑު ހެދިއެވެ. ޖަވާބުގައި މާލޭ ސްޕޯޓްސް ކުޅެންއަރާ 20 އޯވަރުހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން 138 ލަނޑު ހެދިއެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 50 ލަނޑުހެދި ލަހިރުއެވެ. ދެން މުބާރާތުގެ ކުޅުން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިލާންއާއި އެމްއެސް އެކަޑަމީއެވެ. އަދި ދެވަނަ މެޗްގައި މާލޭ ސްޕޯޓްސްއާއި އޮފްއެފްސީ ބައްދަލުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ