ވީހާވެސް ގިނަ ރައްޔިތުންނުކުމެ ވޯޓް ލެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި

ވޯޓްލުމަށް ވީހާވެސް ނުކުމެ ވޯޓް ލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެދިވަޑަގެންފިއެވެ.
ރައީސް ނަޝީދު މިގޮތަށް އެދިވަޑަގެންފައިވަނީ އެމަނިކުފާނު ވޯޓްލެއްވުމަށް ހަމަޖެހިފައިވާ ސަރަހައްދު ގަލޮޅު ދަނޑަށް ވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުްނގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ބަހަކީ ވަރަށްމުހިންމު ކަމެއްކަމަށާއި އެހެންކަމުން ރައްޔިތުން ނުކުމެ ރައްޔިތުންގެ ބަސް ބުނުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެދުންކަމަށެވެ.
އިންތިޚާބުގެ ކަންކަން ކުރިޔަށް ދާގޮތާއި ބެހޭގޮތުން އެމަނިކުފާނުވިދާޅުވީ އިންތިޚާބުގެ ކަންކަންް ކުރިޔަށް ގެންދިޔުމުގެ އިންތިޒާމް އިލެކްޝން ކޮމިޝަނުން ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމައަށް ކަމަށާއ، ޕެންޑަމިކްގެ ހާލަތުގައި ގިނަރައްޔިތުންނަށް ވޯޓްލެވޭނެ ގޮތަށް ކަންކަން އިންތިޒާމް ކޮށްފައިވާ ކަމަށެވެ.
މީގެ އިރުކޮޅެއްކުރިން ރައީސް ނަޝީދު ވޯޓްލައްވާފައިވާއިރު މިއަދު ހެދުނުގެ 10:30 ހާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވޯޓު ލައްވާފައެވެ. ރައީސް ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ހުންނަ ހިންނަވަރު ވޯޓު ފޮއްޓަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނައިބު ރައިސް ފައިސަލް ނަސީމް ވޯޓު ލެއްވުމަށް ހަމަޖެހިފައިވަނީ މެންދުރުގެ 13:30 ގައެވެ. ފައިސަލް ވޯޓު ލައްވާނީ މާފަންނު ސްޓޭޑިއަމްގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އިތުރުން އިތުރުން އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ މާލެ ސިޓީގެ މޭޔަރު ކެނޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ މޭޔަރު ކެނޑިޑޭޓް އަނަސް އަބްދުއް ސައްތާރު ވަނީ ވޯޓު ލައްވައިފައެވެ.
މި އިންތިހާބުގައި 3،934 ކެނޑިޑޭޓުން ވާދަކުރެއެވެ. އެއީ ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު 273،182 މީހަކަށް ލިބިގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ