އުނގޫފާރުން 500 އަށްވުރެ ގިނަ ސާމްޕަލް ނަގައިފި – ނަތީޖާތައް ލަސްވާތީ ރައްޔިތުން ހާސްކަމުގައި

މިދިޔަ ހުކުރު ދުވަހު އުނގޫފާރުން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން މިހާތަނަށް 523 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.އުނގޫފާރު ޓާސްކް ފޯސް އާއި މައުލޫމާތު ހިއްސާ ކުރަމުން އެހޮސްޕިޓަލުން ބުނެފައިވަނީ މިއަދުގެ (25 މާޗް 2021) ހަވީރު 18:00 އަށް 523 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް ނަތީޖާ ލިބިފައިވަނީ 148 ސާމްޕަލްގެ ކަމަށެވެ. އޭގެތެރެއިން 6 ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާއިރު 142 ސާމްޕަލްގެ ނަތީޖާ އައިސްފައިވަނީ ނެގެޓިވް ކޮށް ކަމަށެވެ. އަދި ނަތީޖާ ނުލިބި 375 ސާމްޕަލް އެބަހުރިކަމަށާއި މި ސާމްޕަލް ތަކުގެ ނަތީޖާތައް މިރޭގެ ވަގުތެއްގައި ލިބެންފަށާނެ ކަމަށް އުއްމީދު ކުރާކަމަށް ބުނެފައިވެއެވެ.ފުރަތަމަ ކޭސް އުނގޫފާރުން ޕޮޒިޓިވް ވުމާއެކު 25 ތަނެއް މޮނިޓަރިންގ ހާލަތައް ލާފައިވެއެވެ. އެއީ 22 ގެއަކާއި 2 ފިހާރައާއި 1 ބޯޓެވެ.23 ވަނަ ދުވަހު ފެނުނު ކޭސް 6 އާއި ގުޅިގެން އުނގޫފާރުން 41 ތަނެއް ހިމެނޭގޮތައް އިތުރު 30 ގެ އާއިއެކު މޮނިޓަރިންގ އަށް ލާފައިވާ ގޭގެ އަދަދު ވަނީ 52 އަށް އިތުރުވެފައެވެ. ޓެގްރ. އުނގޫފާރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ