ބޮޑު ދިދަ ބޭލީ ދަނޑީގައި ދަވާދުލާން

ޖުމްހޫރީ މައިދާނުގެ އުސް ކޯއްޓޭއަށް ނަގާފައިވާ ގައުމީ ބޮޑު ދިދަ ބާލާފައި ވަނީ ދިދަ ދަނޑީގައި ދަވާދުލާން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ކޯއްޓޭއަށް ނަގާފައިވާ ގައުމީ ބޮޑު ނެތް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެވާކަ ދައްކަމުންނެވެ. އެމްއެންޑީއެފުން ބުނީ ބޮޑު ދިދަ ބާލާފައިވަނީ ދިދަ ދަނޑީގެ ދަވާދު އާ ކުރަން ކަމަށެވެ.
ދަނޑީގެ ދަވާދު އާ ކުރީ ގައުމީ ދުވަހުހެ އިހްތިފާލުތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އަދި ބުނީ ދިދަ ދަނޑީގެ ދަވާދު ހިކުމާއެކު ބޮޑު ދިދަ އަލުން ނަގާފައިވާ ކަމަށެވެ. އެ ދިދަ އަލުން ނަގާފައި ވަނީ ތިން ގަޑިއިރު ފަހުންނެވެ.
ރައީސް މައުމޫންގެ ދައުރުގައި ޖުމްހޫރީ މައިދާނަށް ނެގި ބޮޑު ދިދަ ވެފައި ވަނީ ރާއްޖޭގައި ހައިބަތާއި ސިޔާދަތީ ރަމްޒަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ