އިދިކޮޅު މުޒާހަރާ އިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި

އިދިކޮޅު ފަރާތްތަކުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 15 ވަރަކަށް މީހުން ހައްޔަރުކޮށްފިއެވެ.
އިދިކޮޅުން މިއަދު މުޒާހަރާކޮށްފައިވަނީ އިންތިހާބު އަވަސް ކުރުމަށް ގޮވާލައެވެ. މުޒާހަރާ ފެށުނު ތަނާހެން ފުލުހުން އައިސް ވަނީ މުޒާހަރާ ލީޑު ކުރައްވަމުން ގެންދެވި އިދިކޮޅު ޕީއެންސީގެ ރައީސް ޝުޖާއު އާއި ކުރީގެ މެމްބަރު އަދި ޑީއާރުޕީގެ ރައީސް އަކަށް ހުންނެވި ކާނަލް ނަޝީދު ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ޕީޕީއެމް އަދި ޕީއެންސީގެ ކައުންސިލް މެމްބަރުންނާއި، ދެ ޕާޓީގެ ސްޓިއަރިން ކޮމިޓީގެ ރައީސުންވެސް ހައްޔަރު ކުރި ފަރާތްތަކުގެ ތެރޭގައި ހިމެނެއެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލާފައެވެ. ފުލުހުން ވަރަށް ބޮޑަށް މުޒާހަރާގެ ބައިވެރިންނަށް ހުރަސް އެޅިކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރުމުން އެންމެ ބޮޑަށް ފާޑު ވިދާޅުވި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ