ނަގިލި ނަގަން މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި

ކ. ގުޅީފަޅު ކައިރީ އަޅާފައި އޮތް މަސްވެރިކަންކުރާ ދޯންޏަކުން ނަގިލި ނަގަން މޫދަށް ފޭބި މީހާގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ގުޅީފަޅު ކައިރީގައި އޮތް "ސާހިބާ" ނަމަކަށްކިޔާ ކަންނެލި ދޯންޏަކުން ނަގިލި ނަގަން ފޭބި ބަންގްލަދޭޝް ފިރިހެނެއްގެ ޚަބަރު ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 8:52 ހާއިރު ކަމަށެވެ.
މި މީހާ ހޯދުމުގެ މަސައްކަތުގައި އެ ސަރަހައްދުގެ މެރިން ޕޮލިސްއާއި އެމްއެންޑީއެފް ކޯސްޓް ކާޑުގެ ޑައިވަރުންގެ ޓީމުންދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާ ހިނގިއިރު ދޯނީގައި ޖުމުލަ 9 މީހުން ތިބިކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ. އޭގެ ތެރެއިން ގެއްލިގެން އުޅެނީ ބިދޭސީ މީހާއެވެ.
ބަންގްލަދޭޝްގެ މި މީހާ މޫދަށް ފޭބި އިރު ލައިގެން ހުރީ ކަޅުލައިގެ ސޯޓެއް ކަމަށާއި އަދި ރީނދޫ ކުލައިގެ މާސްކެއް އަޅާފައި ވާކަމަށް ދޯނީގެ ކެޕްޓަން މަޢުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ