ދުބާއީގެ ވަލީއަހުދު ހަމްދާން ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަނީ

ދުބާއީގެ ވަލީއަހުދު ޝައިހް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު މަކްތޫމް ނުވަތަ އާންމު ނަމުންނަމަ ފާއްޒާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ. ދުބާއީއިން ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުން ބުނީ ވަލީއަހުދު ޗުއްޓީ ހޭދަކުރަމުން ދަނި ރާއްޖޭގެ މަޝްހޫރު ވެލާ ރިސޯޓްގައި ކަމަށެވެ. ފާއްޒާ ވަނީ މިދިޔަ މަހު ކައިވެނިބައްލަވައިގެންފަ އެވެ. އޭނާއަކީ ފޮޓޯ ނެގުމުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ފާއްޒާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު، ރާއްޖޭގެ ރީތި މަންޒަރުތައް އޭނާ ވަނީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން އެއް ފޮޓޯއެއްގައި އޭނާގެ ބޮޑުބޭބެއެއް ކަމަށްވާ ސައީދުވެސް ފެނެ އެވެ. ދުނިޔޭގެ މަޝްހޫރު ފަންނާނުން މަގުބޫލު މަންޒިލަކަށް ރާއްޖެ ވަނީ ވެފަ އެވެ. އޭގެ ތެރޭގައި ހޮލީވުޑްއާއި ބޮލީވުޑްއާއި އަދި ކުޅިވަރުގެ މަޝްހޫރު ތަރިން ރާއްޖޭގައި ކޮންމެ އަހަރަކުވެސް ޗުއްޓީ ހޭދަކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ