އައްޑޫ ސިޓީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި އެކަކު ހައްޔަރުކޮށް އިތުރު މީހަކު ހޯދަނީ

އައްޑޫ ސިޓީގައި 24 އަހަރުގެ މީހަކަށް އިއްޔެ ހަވީރު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތުގައި 21 އަހަރުގެ މީހަކު ރޭ ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށާއި އިތުރު މީހުން ހޯދުމުގެ މަސައްކަތް އައްޑޫ ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި އޭނާއަށް ހަމަލާދީ ޒަހަމް ކޮށްލައިފައިވަނީ 8 މީހަކު ހިމެނޭ ގުރޫޕަކުން ހިތަދޫ އިޓާލިއަން އައިސް ރެސްޓޯރަންޓް ކައިރީގައި ހުއްޓައެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި ތޫނު އެއްޗަކުން އިއްޔެ ދިން ހަމަލާގެ ސަބަބުން ބުރަކަށްޓަށް ލިބިފަައވާ ޒަހަމުތަކަށް އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އެމީހާ މިހާރުވަނީ ދޫކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ