އަންނަ މަހު 14 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި

އަންނަ ނޮވެމްބަރު 14 ވާ އާދީއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައި އެ ދުވަހުގެ ބަދަލުގައި ނޮވެމްބަރު 27 ވާ ހޮނިހިރު ދުވަހަކީ ސަރުކާރުގެ އޮފީސްތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވައި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވާފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ ރައީސް މިކަން މިގޮތަށް މި ހަމަޖެއްސެވީ ނޮވެމްބަރު މަހުގެ 14 ވާ އާދީއްތަ ދުވަހު އޮފީސްތައް ހުޅުވޭ ގޮތަށް އޮވެއްޖެ ނަމަ، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް އަންނާތީ، މެދުކެނޑުމެއް ނައިސް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސަވައިދެއްވުމަށްޓަކައި ކަމަށެވެ.އަންނަ މަހުގެ 14 ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމުން، ނޮވެމްބަރު 11ގެ ބަންދާއި ބޮޑު އީދުގެ ބަންދާ އެކު ސަރުކާރު މުވައްޒަފުންނަށް މެދުނުކެނޑި 10 ދުވަސް ޗުއްޓީގެ ގޮތުގައި ލިބެ އެވެ.ރައީސް އޮފީހުގެ ދެންނެވުގައިވާ ގޮތުން ނޮވެމްބަރު 10 ވާ ބުދަ ދުވަހަށް ފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ އެ މަހު 21 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ