އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން މިނިވަންކަމެއް ނުގެއްލޭނެ: ނަޝީދު

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން މިނިވަންކަން ގެއްލޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގައި އިންޑިއާގެ ހަތިޔާރު އެޅި 100 އަށް ވުރެ ގިނަ ސިފައިން އެބަތިބި ކަމަށާއި މިއީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެ ފަރާތްތައް ރާއްޖެއިން ބޭލުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ މެމްބަރުން ހިމެނޭ ގްރޫޕަކަށް މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު ފޮނުއްވި މެސެޖުތަކެއްގައި ވިދާޅުވީ ދިވެހި އެހާ ގަމާރު ނުވާނެކަން ޔަގީން ކުރައްވާ ކަމަށާއި ބޭރުގެ ބޮޑު ބާރަކުން ރާއްޖެ އަރަން ވެއްޖެނަމަ އެކަން ދިވެހިންނަށް އެކަނި ހުއްޓުވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެކަން ދިވެހިންނަށް ވެސް އިނގޭނެ ކަމަށެވެ. އަދި ބުއްދިވެރި ގޮތަކީ ރަނގަޅު ބަޔަކާ ގުޅިގެން އުޅުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"މިހެން ބުނާއިރު މިނިވަން ކަމަކީ ކޮބައިކަން މިނަން ޖެހޭނެ. އިންޑިއާ، އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާގެ ސިފައިން ރާއްޖޭގައި ތިބެގެން މިނިވަންކަން ގެއްލިދާނެ ކަމަކަށް ނުދެކެން. ބޮޑުތަކުރުފާނު ވެސް ދޮންބަންޑާރައިން ވެސް ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްބި" ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް އިދިކޮޅުން ތުހުމަތުކުރާއިރު ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ރާއްޖޭގައި އެހެން ގައުމެއްގެ މިލިޓަރީ ނުވަތަ އަސްކަރީ ޕްރެސެންސެއް ނެތް ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ރާއްޖޭގައި މިލިޓަރީ ޕްރެސެންސެއް ނުވަތަ އަސްކަރީ ޕްރެސެންސެއް އެއްވެސް ގައުމެއްގެ ނެތްކަން. އޭގެ ތަފްސީލަށް ދާނަމަ، ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖެ އަކު ނުއެއް ނެތް" ޝަމާލް ވިދާޅުވިއެވެ.
ޝަމާލް މިހެން ވިދާޅުވިއިރު ރާއްޖޭގެ މިނިވަން ކަމަށް ލޮޅުން އަރާނެ ކަމަށް މި ސަރުކާރުން ނުކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ