ވިޑާލް އިންޓަ މިލާން އަށް ސޮއި ކޮށްފި

ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ބާސެލޯނާއިން އިންޓަ މިލާން އަށް ސޮއި ކޮށްފިއެވެ.
ވިޑާލް އިންޓަމިލާން އާ ގުޅިފައިވަނީ 1 މިލިޔަން ޔޫރޯ އަށެވެ. 33 އަަހަރުގެ ވިޑާލް އިންޓަމިލާންގައި ކުޅޭނީ ކޯޗު ކޮންޓޭގެ ދަށުންނެވެ.
ވިޑާލް އާއި ކޮންޓޭ ވަނީ ޔުވެންޓަސްގައިވެސް އެކުގައި މަސައްކަތް ކޮށް ތިން ސެރީ އޭ ވެސް ނަގައިފައެވެ.
ވިޑާލް ބާސެލޯނާ އާ ގުޅިފައިވަނީ 2018 ވަނަ އަހަރުއެވެ. ބާސެލޯނާއަށް ވިޑާލް ވަނީ 11 ގޯލު ޖަހައިދީފައެވެ. އޭގެ ކުރިން ވިޑާލް ކުޅުނީ ބަޔާން މިއުނިކު އަށެވެ.
ވިޑާލް މިހާރު ވަނީ އިންޓަމިލާންގެ ފަރިތަކުރުންތަކާއި ގުޅިފައެވެ.
Articl Inline Image
އިންޓަމިލާން ލީގުގެ ފުރަތަމަ މެޗުގައި ފިއޮރެންޓީނާ އާ ދެކޮޅަށް ނުކުންނާނީ ހޮނިހިރު ދުވަހުގެރޭ 11:45 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ