ސިޔާސީ ޚިޔާލު ތަފާތުވުން ހުއްޓަސް، ރައީސް ނަޝީދު ކަންކަމަށް ފުރުޞަތު ދެއްވި: ޑރ.ޝަހީމް

ސިޔާސީ ގޮތުން ޚިޔާލުތަފާތުވުންތަކެއް ހުއްޓަސް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަކީ، އެމަނިކުފާނުގެ ވެރިކަމުގައި، ދީނީ ކަންކަމަށް ފުރުޞަތު ދެއްވި ބޭފުޅެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނަށް އިސްލާމީ މަރުކަޒުގައި އިމާމުވެ، ދަމު ނަމާދު ކުރުމުގެ ފުރުޞަތު މި ސަރުކާރުން ނުދިނުމުންނެވެ. ޑރ.ޝަހީމް ކުރެއްވި ޓްވީޓުގައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އެ ފުރުޞަތު ދެއްވި ކަމަށާއި، އެހެންނަމަވެސް މި ސަރުކާރުން ފުރުޞަތު ނުދިން ކަމަށެވެ.
"ޚިޔާލު ތަފާތު ވިޔަސް މުހައްމަދު ނަޝީދު މަތިން ހަނދާން ވަނީ މިފަދަ ދުވަހެއްގައި. އެމަނިކުފާނުގެ ވެރިކަމުގައި އަޅުގަނޑާ އެންމެ ޚިޔާލުތަފާތު ދުވަސްވަރުވެސް އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރަން ނިކަމެތި އަޅުގަނޑަށްވެސް ފުރުޞަތު ދެެއްވި" ޑރ.ޝަހީމް ވިދާޅުވިއެވެ.
މި ޓްވީޓުގައި ޑރ.ޝަހީމް ވަނީ ރައީސް ނަޝީދަށް ޝުކުރުވެސް ދަންނަވައިފައެވެ.
ޑރ.ޝަހީމް ފަހުން ކުރެއްވި ޓްވީޓެއްގައި ވަނީ ހުޅުމާލޭ މިސްކިތެއްގައި އިމާމުވެ ދަމު ނަމާދު ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގެންފައިވާ ކަަމަށެވެ. އެއީ ދިގަލި މިސްކިތެވެ. ޑރ.ޝަހީމް ވިދާޅުވި ގޮތުގައި، މި ރަމަޟާންމަހުގެ 20 ވަނަ ދުވަހުގެ ރޭ އެމިސްކިތުގައި، ޑރ.ޝަހީމް އިމާމުވެ ދަމު ނަމާދު ކުރައްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ