ރައީސް ޔާމީން މާލެއަށް ގެނެސްފި

މަނީލޯންޑްރިންގގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް  ޔާމީން މާލެއަށް ގެނެސްފިއެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޔާމީން މާލެއަަށް ގެނެސްފައިވަނީ ފުލުހުން ކުރަމުންދާ ތަހުގީގަކާއި ގުޅިގެންނާއި އައިނެއް ހެއްދުމުގެ ބޭނުމުގައެވެ. އެގޮތުން އައިނެއް ހެއްދުމަށް އެމަނިކުފާނު މިވަގުތު އޮޕްޓީޝަނަކަށް ގެންދެވިފައިވާކަން ފާހަގަކޮށްލެވެއެވެ.
ހިނގަމުންދާ ރަމަޟާން މަހާއި ދިމާކޮށް ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދޭން އެމަނިކުފާނުގެ އާއިލާ އަދި ޕީޕީއެމްއިން ވަނީ އެދިފައެވެ. އެގޮތުން އެފަދައިން އެދި އެމަނިކުފާނުގެ އަނބިކަަނބަލުން ފާތިމަތު އިބްރާހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ސިޓީއެއްވެސް ހުށައަޅުއްވާފައެވެ.
މިކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ