ޔާމީން ކޮވިޑް ވެކްސިން ޖައްސަވައިފި

ކޮވިޑު-19 ގެ ވެކްސިން ޖައްސަވަން ދެކޮޅު ހެއްދެވި ކަމަށް ކުރިން ބުނި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ މިރޭ 9:30 ހާއިރު ޔާމީން މާލެ ގެނެސް ވެކްސިން ޖައްސަވާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި، މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން ވެކްސިން ޖެއްސެވީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެ ވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ވެސް ހަރަކާތްތެރިވި އެވެ.
COVID vaccine jessevumah Yameen dhekolhu hahdhavaifi
The most trusted news source in the Maldives
Mihaaru
ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ޔާމީން އެންމެ ފުރަތަމަ މާލެ ގެނައީ މިދިޔަ ބުދަ ދުވަހުގެ ރެ އެވެ. އެކަމަކު އޭރު ވެކްސިން ޖައްސަވަން އިންކާރުކުރެއްވި ކަމަށް ބުނެ އެ މަނިކުފާނު އަނބުރާ ޖަލަށް ގެންދިޔައީ އެވެ. ނަމަވެސް އޭރު މާލެ ގެނައީ ވެކްސިން ޖަހަން ކަމާ މެދު ޝައްކު އުފެދޭ ކަމަށް ޔާމީންގެ ވަކީލުންގެ ޓީމުން ވެސް ވަނީ ބުނެފަ އެވެ.
ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ޔާމީން ވެކްސިނާ ދެކޮޅު ނުހައްދަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ