ހާލުކޮޅު ބޮޑުވެ މެޝިނުގެ އެހީގައި ރައީސް ސާލިޙް ނޭވާލައްވަމުން ގެންދާ ކަމަށް ޚަބަރު ފެތުރިއްޖެ

ރިޔާޟް: ސަޢުދީ އަރަބިޔާ ގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙްގެ ސިއްޙީ ހާލުކޮޅާމެދު ޔަމަންގެ ރަސްމީ ފަރާތްތަކުން ދެމުންގެންދާ ބަޔާންތަކާއި އޭނާއަށް ފަރުވާދެއްވާ ޑޮކްޓަރުންގެ ފަރާތުން ލިބޭ މަޢްލޫމާތު ފުށުއަރާއިރު ސާލިޙްގެ ސިއްޙީ ޙާލުކޮޅު ވަރަށް ދެރަކަމަށް ޚަބަރުތައް ލިބިއްޖެއެވެ.
ސާލިޙަށް ފަރުވާދެއްވާ ބައެއް ޑޮކްޓަރުންނާ ޙަވާލާދީ ޚަބަރުފަތުރާ ވަސީލަތްތައްް ބުނާގޮތުން ރިޔާޒްގެ ހޮސްޕިޓަލެއްގައި އޮންނެވި ސާލިޙަށް ރަނގަޅަށް ނޭވާ ނުލެވުމުގެ އިތުރުން އޭނާގެ އެތެރެހައްޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ޙާލުކޮޅު ވަރަށް ދެރަ ކަަމުގައެވެ. ސާލިޙް ނޭވާލައްވަނީ މެޝިނެއްގެ އެހީގައި ކަމަށްވެސް ޚަބަރު ލިބެއެވެ.
ނަމަވެސް ޔަމަންގެ ސަރުކާރުންނާއި ސަޢޫދީ ރަސްމީ ފަރާތްތަކުން ބުނަނީ ސާލިޙްގެ ޙާލުކޮޅު މިހާރު ވަރަށް ބޮޑުތަން ރަނގަޅު ވެފައިވާ ކަމުގައެވެ.
ސާލިޙްގެ ޙާލުކޮޅު ބެލުމަށްއެދޭ ފަރާތްތަކަށް އެފުރްސަތު ދިނުމަށް ހޮސްޕިޓަލުން ގެންދަނީ ދެކޮޅު ހަދަމުންނެވެ. މިއީވެސް އޭނާގެ ޙާލުކޮޅު މީހުންނަށް އެނގިދާނެތީ ނޫނީ ޙާލުކޮޅު ދަށްވުމުގެ ސަބަބުން ހޮސްޕިޓަލުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސާލިހް ސަޢޫދީ އަރަބިޔާއަށް ގެންދެވުނީ ޔަމަންގެ ރިޔާސީ ގަނޑުވަރަށް ބަޔަކުދިން ބާރުގަދަ ރޮކެޓް ޙަމަލާއެއްގައި ވަރަށް ބޮޑަށް ޒަޚަމްވެ ވަޑައިގަތުމާ ގުޅިގެންނެވެ. -- ނޫސްއެޖެންސީތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ