ޗައިނާއަށް އެހީވުމަށް އިންޑިޔާއިން ޞިއްޙީ އެހީގެ ސާމާނު ފޮނުވައިފި!

ނުރައްކާތެރި ކޮރޯނާވައިރަސް، ކޯވިޑް19އާ ދެކޮޅަށް ޗައިނާއިން ކުރާ މަސައްކަތަށް އެހީވުމުގެގޮތުން އެޤައުމަށް އިންޑިޔާއިން ޞިއްޙީ އެހީގެ ސާމާނު ފޮނުވައިފިއެވެ.
އިންޑިޔާއިންވަނީ އަސްކަރީ މަތިންދާބޯޓެއްގައި ފަނަރަ ޓަނުގެ ސާމާނު ވައިރަހުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ ޗައިނާގެ ހޫބެއި ޕްރޮވިންސަށް ފޮނުވާފައެވެ.
އިންޑިޔާއިން ފޮނުވި އެހީގެ ސާމާނުގައި އަންގިއާއި މާސްކާއި ބޭސް ހިމެނެއެވެ. މީގެ އިތުރުން، ހޫބެއިއަށް ފޮނުވި އަސްކަރީ މަތިންދާބޯޓުގައި ވުހާން ސިޓީގައި ތިބި އިންޑީޔާގެ ބައެއް ރައްޔިތުންނާއި ރަޙުމަތްތެރި ޤައުމުތަކުގެ ރައްޔިތުން ޗައިނާއިން ބޭރަށް ގެންދިއުމަށްވެސްވަނީ ހަމަޖެހިފައެވެ.
ކޯވިޑް19ވަނީ ޗައިނާގެ 78،000އަށްވުރެ ގިނަ މީހުންނަށް ޖެހިފައެވެ. އަދި އޭގެ ތެރެއިން 2،700އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ނަމަވެސް މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ޗައިނާގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ ނިސްބަތް ދަށަށް ގޮސްފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ