ކޮވިޑް-19: ފެހި ސިގްނަލް ލިބެންދެން ރަނގަޅު ފިޔަވަޅުތައް އަޅަން ޖެހޭ

ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން އެކަމަށް ފެހި ސިގްނަލެއް ލިބެންދެކަށް، އެންމެ އެދެވޭ ރަނގަޅު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ، ބަލިން ރައްކާތެރިވުމަށް ރާއްޖެއިން ކުރެވެން ހުރި ހުރިހާ ކަމެއް މިހާރު ކުރަމުން އަންނަ ކަމަށާއި އޭގެ ނަތީޖާ އެއްގެ ގޮތުން ބަލި ފެތުރުން ކޮންޓްރޯލް ކުރިވެގެން ދާނެ ކަމަށެވެ.
"މިހާ ހިސާބައް އައިއިރު އެނގިލައްވާނެ އަޅުގަނޑުމެންގެ ރާއްޖެ މިއޮތީ އިރާދަ ކުރެއްވީތީ އަދި އިތުރު ކޮމިއުނިޓީ ސްޕްރެޑް ކޭސްތަކެއް ނުފެނި އަޅުގަނޑުމެންނަށް ހަމަ އެކަނި އިމްޕޯޓެޑް ކޭސްތަކެއް އެކަނި ފެންނަމުން މިދަނީ" ޑރ. މުރާދު ވިދާޅުވިއެވެ.
ކޮވިޑް-19 ކޮމިއުނިޓީ ސްޕްރެޑް އަކަށް ވުމުގެ ފުރުސަތު ވީހާވެސް ކުޑަ ކުރުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށް ޑރ. ވިދާޅުވިއެވެ.
ޑރ. ވިދާޅުވީ، މިގޮތަށް އިތުރު ކޭސްތަކެއް ފެންނަން ނެތަސް މި ބަލިން އޮތް ރިސްކު ކުޑަކަމަށް ނުބަލާ ކަމަށާއި މި ބަލިން ސަލާމަތްވުމަށް ފެހި ސިގްނަލެއް ލިބެންދެކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގައި 30 ދުވަހުގެ މުއްދަތަކަށް މިމަހުގެ 12 ވަނަ ދުވަހު ސިއްހަތު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށް، ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅު ތަކެއް އަޅާފައެވެ.
އެގޮތުން މިހާރު ވަނީ ރާއްޖޭގެ އޮން އެރައިވަލް ވިސާވެސް ދިނުން ހުއްޓާލައި، ސަރުކާރުގެ އޮފީސް ބަންދުކޮށް، ކެފޭ/ ރެސްޓޯރެންޓްތައް ބަންދު ކޮށްފައެވެ. މީގެ އިތުރުން މީހުން އެއްވެ އުޅޭ ތަންތަން ބަންދުކޮށް ބޭރުގައި މީހުން ގްރޫޕް ޖަހާލާފައި ތިބުމާއި ރިސޯޓުތަކުން މީހުން އަރާ ފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ