ފިރިމީހާ ސޫޓްކޭހަކަށް ލައިގެން ޖަލުން ނެރެން އުޅެނިކޮށް ފަޅާއަރައިފި

މެކްސިކޯގެ ޖަލެއްގައި 20 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން ދިޔަ ގައިދީއެއްގެ އަންހެނުން އޭނާގެ ފިރިމީހާ ސޫޓް ކޭހަކަށް ލައިގެން ޖަލުން ނެރެން އުޅެނިކޮށް ފަޅާއަރައި އަތުލައިގެންފި އެވެ.
އެޖަލުގެ ގާޑުން މަރިޔާ،19، ހިފެހެއްޓީ ދެ ފޫޓު ވެސް ހަމަނުވާ ސޫޓް ކޭހަކަށް ލައިގެން އޭނާގެ ފިރިމީހާ ޖަލުން ނެރެން އުޅެނިކޮށެވެ. ޖަލުގެ އޮފިޝަލުންނާ ހަވާލާދީ ބޭރު މީޑިއާތަކުގައި ބުނެފައި ވަނީ، އެ ފިރިހެންމީހާ ސޫޓް ކޭހަށް އެރުނީ އެދެމަފިރިންނަށް އެކަހެރިކޮށް ބައްދަލުކުރުމަށް ދިން ވަގުތު ކޮޅުގައި ކަމަށެވެ.
ގާޑުންނަށް އެދެމަފިރިންގެ "ގޭމް" ފަޅާއެރީ ބަނޑަށް ހަމަވެސްވެފައިވާ މަރިޔާ، އެ ސޫޓް ކޭސް ބަރުވެގެން ނުދެމިގެން އުޅޭތަން ފެނުމުން ޝައްކުވެގެން ގޮސް އެ ދަބަސް ހުޅުވާ ބެލުމުން ކަމަށް ޖަލުގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. އެ ދަބަސް ހުޅުވި އިރު، 2007 ވަނަ އަހަރު، 20 އަހަރު ދުވަހަށް ޖަލަށް ހުކުމް ކުރި ޖުއާން އޮތީ ދެފައިކުރުގަޅުވައިގެން، މޫނުމަތީގައި އަތްއަޅައި މޫނު ފޮރުވައިގެންނެވެ. ލައިގެން ހުރީ ހަމައެކަނި ބޮކްސާ އާއި އިސްޓާކީނެވެ.
އެ ފިރިހެންމީހާ ވަނީ އަނބުރާ ގޮޅިއަށް ލައިފަ އެވެ. އޭނާގެ އަންހެނުންގެ މައްޗަށް ދައުވާކުރުމަށް ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ