ކޯވިޑް-19ގެ ބިރުވެރިކަން ނިމުނީކަމަށް ނުދެކެން އިލްތިމާޞްކޮށްފި

ކޯވިޑް-19ގެ ބިރުވެރިކަން ނިމުނީކަމަށް ދެކުމަކީ ނުރައްކާތެރި ކަމެއްކަމަށާއި ހުރިހާ ޤައުމަކުންވެސް ސަމާލުވެގެން ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ދެމިތިބުމަށް ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާގެ ސެކެޓުރީ ޖެނެރަލް ޓެޑުރޮސް އަދަނޮމު ގެބްރިޔޭސުސް އިލްތިމާޞްކުރައްވައިފިއެވެ.
ސުވިޓުޒަލޭންޑުގެ ޖެނީވާގައި ހުންނަ ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާގެ މައި އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގެބްރިޔޭސުސް ވިދާޅުވީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އޮމިކްރޯނަކީ ކޯވިޑް-19ގެ އެންމެ ފަހު ވައްތަރުކަމަށް ޤަބޫލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި ދުނިޔޭގެ ޙާލަތު އޮތް ގޮތުން ކޯވިޑް-19ގެ އިތުރު ނުރައްކާތެރި ވައްތަރުތައް އުފެދުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށާއި ދުނިޔެ އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށް ގެބްރިޔޭސުސް ވިދާޅުވިއެވެ. އެހެންކަމުން ފަރުވާކުޑަކޮށްގެން ބަލިމަޑުކަމުން އަރައިގަނެވެން ނެތްކަން ފާހަގަކުރައްވަމުން އޭނާވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކޮށް ކޯވިޑް-19އަށް ތަޙްލީލްކުރާ ނިޞްބަތް އިތުރުކޮށް ވެކްސިންގެ ޑޯސްތައް ފުރިހަމަކުރުމަށް ބާރުއަޅުއްވައިފައެވެ.
ޗައިނާއިން އެންމެ ފުރަތަމަ ފެނުނު ކޯވިޑް-19 ޖެހިގެން ފާއިތުވި 2 އަހަރުދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 6 މިލިޔަން މީހުންވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ