ކަންނެއްޔަށް ގޮސް އުޅުނު މީހެއްގެ ލޮލުގައި ބުޅި އަކުން ޖެހި ލޯ ފަޅައިގެން ހިނގައްޖެ

ދ.މީދުން މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅި އަކުން ޖެހި ލޯ ފަޅައިގެން ގޮސްފި އެވެ.
ދ. މީދޫ ފިރޯޒް ވިލާ އަލީ ލަތީފް 30، އަށް މިހާރު ފަރުވާ ދެމުން އަންނަ ފ.ނިލަންދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑިރެކްޓަރ އަބުދުލް ކަރީމް ވިދާޅުވީ ކަންނެއްޔަށް ނުކުމެ އުޅެނިކޮށް އޭނާގެ ލޮލުގައި ބުޅިންޖެހި ވާތު ލޮލުގެ ކަޅު ކަޅިއާ ދިމާލުން ރޮނގެއް ހެން ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ވާތު ލޮލުގެ ފެނުން ވެސް ގެއްލިފައިވާ ކަމަށް ވެސް އަބުދުލް ކަރީމް ވިދާޅުވި އެވެ.
އަބުދުލް ކަރީމް ވިދާޅުވީ އެހާދިސާ ހިނގީ ކަންނެއްޔަށް ނުކުމެ އުޅެނިކޮށް ކޯމަހެއް ގަނެގެން އުޅެނިކޮށް ބުޅި ވިއްސައިގެން ގޮސް އޭނާގެ ލޮލުގައި ޖެހިގެން ކަމަށެވެ.
އަބުދުލް ކަރީމް ވިދާޅުވީ އޭނާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ މީދޫން ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ނިލަންދު އާއި 13 މޭލު ބޭރުން ކަމަށެވެ.
ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ