އުރީދޫ އިން ބޮޑެތި އިނާމުތައް ލިބޭ އެސްއެމްއެސް މުބާރާތެއް

މަގުބޫލު ގޭމެއް ކަމަށްވާ "ހޭންގް މޭން" އަށް ބިނާކޮށް، "ގެސް ދަ ވާޑް" ގެ ނަމުގައި އެސްއެމްއެސް މުބާރާތެއް އުރީދޫ އިން ފަށައިފިއެވެ.
މި ގޭމް ކުޅެ، އެންމެ މޮޅު ސްކޯ ހޯދާ ބައިވެރިންނަށް އުރީދޫ އިން ޑޭޓާ ޕެކޭޖް، ސްމާޓް ފޯނު އަދި މެކްބުކް އެއާ ހިމެނޭ، ދެ ލައްކަ ރުފިޔާގެ އިނާމު ދޭން ވަނީ ނިންމައިފަ އެވެ.
"ގެސް ދަ ވާާޑް" ކުޅުންތެރިންގެ އަމާޒަކަށްވާނީ ތަފާތު އެކި ލަފްޒުތައް ދިމާކުރުމެވެ. ފަސް ލެވެލް އަކަށް ބަހާލާފައި ވާއިރު މަތީ ލެވަލްތަކުގެ ލަފްޒުތައް އުނދަގޫވެފައި، ލިބޭ ޕޮއިންޓުތައް ގިނަވާނެ އެވެ.
މި މުބާރާތް ކުރިއަށްދާނީ މި މަހުގެ އިން އޭޕްރީލް 10 އަށެވެ. މި މުބާރާތުގައި ބައިވެރިވާން، “GO” ޖެހުމަށް ފަހު 4646 އަށް އެސްއެމްއެސް ކުރުމުން ބައިވެރިވެވޭނެ އެވެ.
މޮޅުވާ މީހުންނަށް ލިބޭ އިނާމުތައް
- ދުވަހުގެ ޓޮޕް ސްކޯރަ: 1.25 ޖީބީ ޑޭޓާ
- ކޮންމެ 15 ދުވަހެއްގެ ޓޮޕް ސްކޯރަ: އައިފޯން އެކްސް
- މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: މެކްބުކް އެއާ
- މުޅި މުބާރާތުގެ ދެވަނައަށް މޮޅު ކުޅުންތެރިޔާ: ސެމްސަން ގެލެކްސީ ނޯޓް 9
- މުޅި މުބާރާތުގެ ތިންވަނައަށް މޮޅު ކުޅުންތެރިޔާ: އެޕަލް ވޮޗް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ